ހުޅުމާލޭގެ ހިތްފަސޭހަ މާހައުލެއްގައި، އިންޑިއާގެ ރަހަތައް އެންމެ ފުރިހަމައަށް ގެނެސްދޭ އެއް ރެސްޓޯރެންޓަކީ ނަގާސް ރެސްޓޯރެންޓެވެ.

އިންޑިއާގެ ކެއުން ތަޖުރިބާ ކުރުމަށް ބޭނުންވާ މީހުންގެ މެދުގައި ނަގާސް މަޝްހޫރުވެފައިވަނ،ީ އެންމެ ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، އެ ގައުމުގެ ކެއުންތަކުގެ ހަގީގީ ރަހަތައް ގެނެސްދޭ ރެސްޓޯރެންޓެއްގެ ގޮތުގައެވެ.

ނަގާސްއިން މިހާރުވަނީ، އެ ރެސްޓޯރެންޓުގައި ތައްޔާރުކުރާ ކެއުމުގެ ރަހަ، ކޮންމެ ވަގުތަކު އަމިއްލަ ގެއިން ވެސް ލިބޭނެ ގޮތެއްފަހިކޮށްދީފައެވެ.

ނަގާސް ރެސްޓޯރަންޓުގެ ފްރޯޒަން މޯމޯސް --

އެއީ ފްރޯޒެން މޯމޯސް ނުވަތަ ގަނޑުކޮށްފައި ހުންނަ މޯމޯސް އެވެ. އެގޮތުން ތައާރަފުކުރާ ފްލޭވާތަކުގެ ތެރޭގައި އެންމެ އާންމުކޮށް ލިބެން ހުންނަ 'ކްލެސިކް' ފްލޭވާތަކާއި ތަފާތު ބާވަތެއްގެ އަޖުމަ ބަލަން ބޭނުންވާ މީހުންނަށް ޚާއްސަ ރަހަތައް ވެސް ހިމެނޭނެއެވެ.

އެއީ:

  • ޝެފްސް ސްޕެޝަލް ޗިކެން

  • ޗިލީ އެންޑް ވިނެގާ ޗިކެން
  • ގުޔޯޒާ ޗިކެން
  • މަޓަން ވިތު ސިލާންޓްރޯ

ނަގާސްއިން ދޭ ޔަގީން ކަމަކ،ީ ގަނޑުކޮށްފައި ހުންނަ މޯމޯސްގައި ވެސް އެ ރެސްޓޯރެންޓުން ވަގުތުން ފޯރުކޮށްދޭ ކެއުމުގެ ފެންވަރު ދަމަހައްޓާނެ ކަމެވެ. އެގޮތުން ތާޒާ ކަމާއި ރަހައިން ވެސް ތަފާތެއް ނުފެންނާނެ ކަމުގެ އިތުބާރު އޮތް ކަމަށް އެ ރެސްޓޯރެންޓުން ޔަގީންކޮށްދެއެވެ.

މި މޯމޯސްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ކެއުމަށް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ކަމެވެ. އެގޮތުން ތަވައެއްގައި ފިހެލުމުން ނުވަތަ ސްޓީމް ކުރުމުން ނުވަތަ އެއާ ފްރަޔާއަކަށް ކުޑައިރުކޮޅަކަށް ލުމުން ވެސް ކެއުމަށް ތައްޔާރުކުރެވޭނެއެވެ. މިއީ އަވަދިނެތި ދިރިއުޅެމުންދާ އެންމެންނަށް ވެސް، މާގިނައިރު ހޭދަ ނުކޮށް، ނާސްތާއަށް ނުވަތަ މެންދުރާއި ރޭގަނޑުގެ ކެއުމަށް ވެސް ބޭނުންކުރެވޭނެ ވަރަށް މީރު ކެއުމަކަށް ވާނެއެވެ.

ނަގާސް ރެސްޓޯރަންޓު --

މީގެ އިތުރުން، މިއީ ސްކޫލަށް ދާ ކުދިންނާއި މަސައްކަތަށް ދާ މީހުންނަށް ވެސް ލުއި ކެއުމެކެވެ. ހަމައެއާއެކު، ގިނަ އަދަދެއްގެ މީހުންނަށް ކެއުމެއް ތައްޔާރުކުރާއިރު، ނަގާސްގެ ފްރޯޒެން މޯމޯސްއަކީ ސުފުރާމަތިން، އެތައް ބަޔަކަށް ކަމުދާނެ އެއްޗަކަށް ވާނެއެވެ.

ނަގާސް ރެސްޓޯރެންޓުގެ ފްރޯޒެން މޯމޯސްގެ އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބޮޑެތި ސުޕަމާކެޓުތަކުން މި މޯމޯސް ލިބެން ހުންނާނެއެވެ.

ނަގާސް ރެސްޓޯރަންޓު --

ހަމައެއާއެކު، އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ގައުމީ ޔުނިވާސިޓީން ބާއްވާ 'އެމްއެންޔޫ ރަން'ގައި ނަގާސް ރެސްޓޯރެންޓެއް ހުންނާނެއެވެ. އެ ރެސްޓޯރެންޓުން ފްރޯޒެން މޯމޯސް ހިމެނޭ ގޮތަށް، ރަހަމީރު އެތައް ކެއުމެއް ލިބެން ހުންނާނެއެވެ.

އެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި، ބުދަ ދުވަހު 16:00އިން 18:00އަށް އަދި އެ ދުވަހުގެ މެންދަމު 02:00އިން ޖެހިގެން އަންނަ ދުވަހުގެ 21:00އަށެވެ.

ދުޅަހެޔޮ ސިއްހަތަކަށް ލޯބިކޮށް، ތަފާތު ކެއުން ބުއިމަށް ލޯބި ކުރާ އެތައް ބަޔަކު ގުޅުވާލަދޭ މި ހަރަކާތުގައި ބައިވެރިވުމަކީ ނަގާސް ރެސްޓޯރެންޓަށް ލިބޭ ފަޚުރެކެވެ.