19 Feb 2025, 15:07
ކުޑަކުދިންނަށް ބޭނުންވާ ގިނަ ސާމާނު ވިއްކާ "މޫމޫ" ފިހާރަ މަޖީދީމަގަށް ބަދަލުކޮށްފިއެވެ.
މި ފިހާރަ ބަދަލުކޮށްފައި ވަނީ މަޖީދީމަގުގެ ސީކްރެޓް ރެސިޕީ ކުރިމައްޗަށެވެ. ކުރިން މި ފިހާރަ އިންނަނީ ޗާންދަނީ މަގުގައެވެ.
މޫމޫގެ މެނޭޖަރު އިބްރާހިމް އަޝްވާގު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ފިހާރައިން ލިބެން ހުންނާނި ކުޑަކުދިންނަށް ހާއްސަ ސާމާނުކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ކުޅޭ ސާމާނާއި ނިއުބޯން އައިޓަމްސާއި ކުޑަކުދިންގެ އެކި ވައްތަރުގެ ހެދުމާއި އެކްސަސަރީސް އަދި ބޫޓު ފަދަ ސާމާނުތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
މި ފިހާރައިން އޮންލައިން ކޮންނާއި ފިހާރައަށް ގޮސްގެން ވިޔަފާރި ކުރެވޭކަމަށާއި މި ފިހާރައިން ކޮންމެ ދުވަހަކު ވެސް ޑެލިވަރީ ސާވިސް މެންދުރު 13:00ފެށިގެން ރޭގަނޑު 11:00 ލިބޭނެކަން ވެސް އަޝްވާގު ވަނީ ފާހަގަކުރައްވާފައެވެ.
މި ފިހާރާގައި ހުންނަ ސާމާނުގެ މައުލޫމާތު މޫމޫގެ ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ލިބޭނެއެވެ.
އޭނާ ވިދާޅުވީ މި ފިހާރަ ހުޅުވިތާ މިހާރު ދެއަހަރު ވެފައި ވާކަމަށެވެ.
މި ފިހާރަ ބަދަލުކުރީ ޖާގައިގެ ގޮތުން ތަނަވަސް ތަނަކަށެވެ.
އެހެންކަމުން މި ފިހާރަ ބަދަލުކުރުމާ ގުޅިގެން ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.