17:00


މި މަހުގެ 19 ވަނަ ދުވަހު ރޭ އަމީނީމަގުގައި ވަޅިން ހަމަލާ ދީ ޒަހަމްކޮށްލުމުގެ ސަބަބުން އައިސީޔޫގައި ފަރުވާ ދެމުން އަންނަ އުމުރުން 16 އަހަރުގެ އަބްދުﷲ ނިހާންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.


އައިޖީއެމްއެޗްގެ މީޑިޔާ ޔުނިޓުން މިއަދު ބުނީ އައްޑު އަތޮޅު ހިތަދޫ ގުރަހާގޭ އަބްދުﷲ ނިހާނުގެ ބުރަކައްޓަށް ވަޅި ހެރުމުން ހާލުދެރަވެ، ސިރީއަސް ހާލަތުގައި އޮވެގެން އައިސީޔޫގައި ފަރުވެދެމުން ދިއުމަށް ފަހު، މިހާރު ނިހާންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.


"އޭނާ އޮތީ ސްޓޭބަލް ކޮންޑިޝަންގައި، ހާލު ރަނގަޅު،" ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ. އެ އޮފިޝަލު އަދި ވިދާޅުވީ ނިހާނު ރަނގަޅުވަމުން އަންނާތީ މިހާރު އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.


އަމީނީމަގުގައި ނިހާނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލީ  މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ކުރީގެ އީޕީއެސް ކަރީގައި ހުއްޓަ އެވެ.