މެލޭޝިޔާގެ ނެކްސް ބިޒާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޮޑާ ކޮންޓްރޯލްގެ މަސައްކަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ހައިކޯޓުން އަނެއްކާވެސް މިއަދު ނެރެފި އެވެ.

އެ ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނަނީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތާއި ގުޅިގެން އޭސީސީން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން އެ މަސައްކަތް ކުރިއަށް ގެންދާނަމަ ދިވެހި ދައުލަތަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ފަޑިޔާރުންނަށް ގަބޫލު ކުރެވޭތީ އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަޑައަޅަންދެން ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލަން އިމިގުރޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މީގެ ކުރިން އެ ޕްރޮޖެކްޓް ހުއްޓާލުމަށް ހައިކޯޓުން ނެރުނު އަމުރު ބާތިލްވީ އެ މައްސަލަ ބެލި ހައިކޯޓުގެ ބެންޗް ބަދަލުކުރުމުން އެ މައްސަލަ ބާތިލްވީ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. އެ ޕްރޮޖެކްޓް ހުއްޓާލަން އަނެއްކާވެސް އެންގި އިރު އިމިގުރޭޝަނުން ބުނެފައިވަނީ އެ ޕްރޮޖެކްޓްގެ 25 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.