މަސްތުވާތަކެތި ހުރި ފުޅިއަކާއި ފައިސާތަކަކާ އެކު އދ. މާމިގިލިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިއަކާ އެކު އެ ރަށު ބަނދަރު ސަރަހައްދުން މިއަދު ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އަތުން 725ރ. ފެނިފައިވާ އިރު، މަސްތުވާތަކެތި އަޅާފައި ހުރި ފުޅިފެނިފައި ވަނީ އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބުތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

މަސްތުވާތަކެތީގެ އެ މައްސަލައިގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު ހދ. ކުޅުދުއްފުށިން ވަނީ 28 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެމީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ދުއްވާފައި ދިޔަ ކާރު ބަލައި ފާސްކުރި އިރު، ކާރު ތެރޭ އޮތް އޭނާގެ ވޮލެޓުން މަސްތުވާތަކެތި ފެނިގެންނެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އޯޕީއައި އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.