16:25


ކުރުނބާ މޯލްޑިވްސް ރިސޯޓްގައި މިހާރު ކުރިއަށްދާ ހަޅުތާލާ ގުޅިގެން އެ ރަށުގެ ބައެއް ތަންތަނަށް ގެއްލުން ދީ ރިސޯޓްގެ ބައެއް އިސް މީހުންނަށް ބިރު ދައްކާފައިވާ މައްސަލަ ފުލުހުން ތަހްގީގްކުރަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރުބާގައި ކުރިއަށްދާ ހަޅުތާލުގައި ބައިވެރިވާ ބައެއް މީހުން މިއަދުގެ ވަގުތެއްގައި އެރަށުގެ ބައެއް ތަންތަނަށް ގެއްލުންދީފައިވާތީ އެކަންކަމުގައި ބައިވެރިވި މީހުންނަށް ސުލްހަވެރި ކަމާ އެކު ރަށުން ފޭބުމަށް ފުލުހުން އެފަރާތްތަކަށް އިލްތިމާސްކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް މިހާރު ފުލުހުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާއި ލޭބަރ މިނިސްޓްރީގެ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.