16 Jul 2012, 10:40
އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ލ. މާވަށު އަސްރަފީހިޔާ އަހުމަދު ފާއިޒް މުހައްމަދު އިއްޔެ ރައީސް ޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އޭނާ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ހަމަޖެއްސީ، އެ މަގާމަށް އޭނާ ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވާތީ ކަމަށެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދަވާފައިވާ މީރާގެ ހަތް މެންބަރުންގެ ބޯޑުން ބޭފުޅަކު އިސްތިއުފާދެއްވުމާ ގުޅިގެން ރައީސް ޑރ. ވަހީދު މަޖިލީހަށް ފޮނުއްވެވި ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ކުރި އިގްތިސާދީ ކޮމެޓީން މީރާގެ ބޯޑު މެންބަރުކަމަށް އެންމެ ގިނަ މާކްސް ލިބުނީ ފާއިޒު އަށެވެ. އެކޮމެޓީން ފާއިޒަށް ދެއްވާފައި ވަނީ 94.8 މާސްކް އެވެ.