Last Updated:
1 decade 3 year ago

އެމްޑީޕީންގެ މުޒާހަރާއާ ފުލުހުން ފަހަތަށް ޖައްސައިފި

    ބުލޮގު ޚުލާސާ
    އިދިކޮޅު އެމްޑީޕީ އިން ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާ، މިރޭ ޗާންދަނީމަގުން އައިސް ނާސްތާ ހޮޓަލާ ހުންނަ ގޯޅިއާ އަރައި ހަމަވި ތަނުން މުޒާހަރާގެ ބައިވެރިން ފުލުހުން ފަހަތަށް ޖައްސައިފި އެވެ. މިހާރު މުޒާހަރާގެ ބައިވެރިން ވަނީ ފަރީދީމަގާއި ޗާނދަނީމަގު ގުޅުނު ކަންމައްޗާ ހަމައަށް ފަހަތަށް ޖައްސައިފަ އެވެ.
    01:27

    މެގަފޯން ބޭނުންކޮށްގެން އަޑުގަދަ ކުރާ ނަމަ މެގަފޯން އަތުލާނެ ކަމުގެ އިންޒާރު ދިނުމުން މުޒާހަރާގެ ބައިވެރިިން އަޑުގަދަ ކުރާ ބޭނުން ހުއްޓާލައިފި. ފުލުހުން ފަހުގެ އިންޒާރުދީ މެގަފޯން ބެނުން ނުކުރުމަށް އެންގީ، އެ ސަރަހައްދަކީ ގިނަ ބަޔަކު އުޅޭ ސަރަހައްދެއް ކަމަށް ބުނެ، އަދި މީހުންނަށް ނިދުމަށް އުނދަގޫ ވާނެ ކަމަށް ބުނެ.
    00:47

    މުޒާހަރާގައި އަޑުގަދަ ބޭނުންކުރުން ހުއްޓައިލައިފި އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން އެސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ގެންދަނީ އަޑު އުފުލަމުންނެވެ.
    00:36

    މުޒާހަރާ ކޮންޓްރޯލް ކުރުމަށް ޗަންދަނީމަގު ފްރެސްއެއާ ކައިރީގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަަޔަކު ގެންގޮސް އެެމްޑީޕީގެ މުޒާހަރާގެ ތެރެއަށް ވެއްދުމާ ގުޅިގެން އެބެރިކޭޑްތައް އަނބުރާ ގެނެސް ހުރިތަނެއްގައި ބެހެއްޓުމަށް ފުލުހުން އަންގައިފި އެވެ.
    00:29ޗަންދަނީމަގުން

    އެމްޑީޕީގެ މުޒާހަރާގައި އަޑުގަދަ ބޭނުންކުރާ ބޭނުން ނުކުރުމަށް ފުލުހުން ތަކުރާރުކޮށް އެދެން ފަށައިފި. އެސަރަހައްދަކީ އާއްމު ރައްޔިތުން ދިރިއުޅެމުން އަންނަ ސަރަހައްދަކަށްވާތީ 12 ޖެހުމަށްފަހު އެސަރަހައްދުގައި އަޑުގަދަ ކުރާ ބޭނުން ނުކުރުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިންޒާރު ދެމުން.
    23:02

    ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ހަތަރު ވަރަކަށް މީހުން ހައްޔަރުކޮށްފި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ފުލުހުން ބުނީ އަދި މިހާތަނަށް ހައްޔަރު ކުރީ ދެ މީހުން ކަމަށެވެ.