15 Jul 2012, 21:41
ރިލަޔަބަލް އެލަޔަންސް ވޭކަންސީ އިން ދައުލަތަށް ދައްކަން ޖެހި ނުދައްކައި އޮތް 250،000ރ. ހޯދުމަށް މީރާ އިން ކުރި ދައުވާ ގުޅިގެން އެ ފައިސާ މީރާ އަށް ދެއްކުމަށް މިއަދު ކޯޓުން ހުކުމްކޮށްފި އެވެ.
ދައުލަތުގެ ރެވެނިއު ކަލެކްޓިން އޮތޯރިޓީ، މީރާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެ އޮތޯރިޓީ އިން ކުރި ދައުވާއާ ގުޅިގެން އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ.
ރިލަޔަބަލް އެލަޔަންސް ވޭކަންސީ އިންވެސްޓްމަންޓް ކޮމްޕެނީގެ މައްޗަށް ކުރި ހުކުމްގައި ޖުމްލަ 251،724.64ރ. މީރާ އަށް ދެއްކުމަށް ހުކުމް ކުރީ، އެ ކުންފުނިން، 2005 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް މީރާ އަށް ދައްކަން ޖެހި ނުދައްކައި ހުރި ޓޫރިޒަމް ޓެކްސް ފައިސާގެ ގޮތުގަ އެވެ.