Last Updated: 10 month 3 week ago
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާނެއެވެ.
މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ދެއްވާ ދެވަނަ ރިޔާސީ ބަޔާނެވެެ.
މި ޖަލްސާ ބާއްވަނީ، ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ސަރުކާރުން ދެމި އޮންނާނީ ރައްޔިތުންނަށް އަޅުގަނޑުވީ ވައުދުތައް ފުއްދުމުގައި، ނަތީޖާ ނެރުމުގައި
ޒުވާނުންނަކީ ދިވެހި ޚިދުމަތުގެ އުދަރެހަށް އުދަވެމުންދާ ތަރިތައް، އެ ތަރިތަކުގެ ބެބުޅުމަށް ޖާގަ ދޭން ޖެހޭނެ
ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެ ކަމަށް ޓަކައި ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތު ކެއާ ޕްރޮގްރާމްތަކާ މަޝްރޫއުތައް ހިންގުމަށް
މާތްﷲގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ
[ސޯލާ ނިޒާމުގެ] މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު މެދު ތެރޭގައި ފަށައި، 2027 ވަނަ އަހަރުގެ ތެރޭގައި ނިންމައި އޭގެ ނަފާ ލިބެން ފަށާނެ
ދަނޑުވެރިކަމުގެ ޚާއްޞަ އިގުތިސާދީ ޒޯނެއް ގާއިމުކުރެވޭނެ. ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް ފުޑް ސެކިއުރިޓީ ގާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ޚާއްޞަ މަޝްރޫއެއް މިއަހަރު ފެށިގެންދާނެ. އަދި މި މަޝްރޫއު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ލިބޭނެ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ. މިކަންކަންކަމަކީ ގާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން.
2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި. މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް. އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން
ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ގައުމީ މަޝްރޫއެއް ހއ. އަތޮޅުގައި މި އަހަރު ފެށޭނެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހއ. އުތީމު، ތަކަންދޫ، ބާރަށް ހިމެނޭނެ
ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުންގެ ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކު ވެސް ތާއީދެއް ނުކުރާނެ
ރައީސްގެ ވެރިކަމުގައި އެންމެ މުހިންމު އަސާސަކީ ދީނާއީ، ދިވެހީންގެ ސިޔާދަތު ރައްކާތެރިކުރުން ކަމަށް ރައީސް ވިދާޅުވި
އަޅުގަނޑުގެ މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު. އެއީ ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން









