15 Jul 2012, 10:54
މުޒާހަރާކުރަމުންދާ ފަރާތްތަކުން ހިންގާ ހަމަނުޖެހުންތަކެއްގެ ތެރެއަށް ރާއްޖެ ގެނބިފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ބުނަމުން އެބަދެ އެވެ.
މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނިއުޔޯކްޓައިމްސް އިން ބުނެފައި ވަނީ އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ޓްރޭޑާސް ހޮޓަލުގައި ހަފުލާއެއް ބޭއްވި ވަގުތު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން މުޒާހަރާއެއް ފެށި ކަމަށާއި އެމީހުން މިސްރާބު ޖެހީ ސީދާ ޖުމްހޫރީ މައިދާނަށް ކަމަށެވެ.
އެނޫސް ބުނީ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަފުލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހާމިދު އަބުދުލް ޣަފޫރަށް ދައުވަތު ދިން ކަމަށެވެ. ނަމަވެސް "ޣައިރުގާނޫނީ ގޮތެއްގައި ވެރިކަން ވައްޓާލާފައި ވާތީ ހަފުލާގައި ބައިވެރިއެއް ނުވެވޭނެ" ކަމަށް ހާމިދު ވިދާޅުވި ކަމަށާއި އަދި އެއަށް ފަހު މުޒާހަރާގެ ބައިވެރިންނާ އެކު ވަޑައިގަތް ކަމަށް އެނޫހުގައިވެ އެވެ.
ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަމުން މާލޭގެ މަގުތަކަށް ބަޔަކު ނުކުމެފައިވާ ވޯލްސްޓްރީޓް ޖާނަލްގައި ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން އެތައް ބަޔަކު ހައްޔަރުވެ އެތައް ބަޔަކު ޒަހަމް ވެފައިވާ ކަމަށް ވެސް އެނޫހުގައިވެ އެވެ.
ފުުލުހުންނާ ކުރިމަތިލުމުގެ ސަބަބުން 100 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 45 މީހުން ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ވެސް އެނޫހުގައިވެ އެވެ.
މުޒާހަރާކުރާ މީހުން ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ފުލުހުންގެ ނުވަ މީހަކު ޒަހަމުވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނުފައިވެ އެވެ.