14 Jul 2012, 12:57
މި އަހަރުގެ ފެބުރުއަރީ މަހު އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ދަގަނޑާއި ލަކުޑި ފަތި ހިފައިގެން ނުކުމެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ ހުޅުޖަހައި، އާއްމުންގެ މުދަލަށް ގެއްލުންދީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި 26 މީހެއްގެ މައްސަލައިގެ ތަހުގީގް ނިންނަމައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް(ޕީޖީ) އަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ ޕީޖީއަށް ފޮނުވި 26 މީހުންގެ ތެރެއިން 19 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މި މަމު ތިން ވަނަ ދުވަހު ކަމަށާއި އަދި އަނެއް ހަތް މީހުންގެ މައްސަލަ ފޮނުވާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އައްޑޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މިހާތަނަށް 60 މީހެއްގެ މައްސަލަ ވަނީ ތަހުގީގް ނިންމައި ޕީޖީއަށް ފޮނުވާފަ އެވެ.