ދަރުބާރުގެ ކައިރިން ހިނގާފައި ދިޔަ މީހެއްގެ އަތުން 15،000ރ. ފޭރިގެންފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ދިވެހި ފިރިހެނެއްގެ ވޮލެޓް ފޭރިގަތްފައި ވަނީ ދަރުބާރުގެ ކައިރިން ހިނގާފައި ދަނިކޮށް އެވަގުތު އުސްފަސްގަނޑުގައި ތިބި މީހުންގެ ތެރެއިން ބައެއް ކަމަށެވެ.

އަދި އެމީހާގެ ވޮލެޓްގައި އެވަގުތު ހުރި 15،000ރ. ފޭރިގަނެ، މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ތިން މީހުންގެ ގުރޫޕަކުން ހިންގި ފޭރުމުގެ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އިއްޔެރޭ 08:30 ހާއިރު ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.