"ހަގީގީ އުފަލާއި ހިތްހަމަޖެހުން ވަނީ ހަމައެކަނި ޒިކުރުކުރުމާއި އަޅުކަމުގައި މަޝްއޫލުވުމުންނެވެ."

***

"މިރެލް ވެސް ދޯ....އެ ބުދު ގަނޑު ހިފައިގެން އަބަދު އުޅޭނީ...ބަޓް ޔޫ މަސްޓް ބީ ވެރީ ސްޕެޝަލް ފޯ ހާ ޓު ގިވް އިޓް ޓު ޔޫ.....އަދި ހެނދުނު ނުކައި އެހެރީ....މަދީނާ ރެސްޓް ކޮށްލާ އިނގޭ...އައި ވިލް ކަމް އިން ވައިލް..." އުރުޖުވާންވެސް އވަސް އަރުވާލަމުން މިރެލް ފަހަތުން ނިކުތެވެ. އުރުޖުވާން ކުރިމައްޗަށް ޖެހުނީ ކެނާން އެވެ. ވީލްޗެއާ ހުއްޓުނީ އުރުޖުވާން ގެ ފައިތިލަ ކައިރިއަށެވެ.

" އިޒް މަދީނާ އޯކޭ؟ޓަކި ޖެހީމަ ދޮރު ވެސް ނުހުޅުވާ..." ކެނާންގެ އަޑުގައިވީ ކަންބޮޑުވުމެވެެ. އުރުޖުވާން އަށް ކެނާންގެ މޫނަށް ބަލަން އުނދަގޫ ވިއެވެ. އޭނަ އެއްޗެއް ނުބުނެ ހާސްވެފައި ހުރުމުން ކެނާން ގޮނޑި ދުއްވައިލީ މަދީނާ ގެ ކޮޓަރިއާއި ދިމާއަށެވެ.

"ވެއިޓް...މަދީނާ ނީޑްސް ސަމް ޓައިމް....އޯކޭ ވެދާނެ...މީކާ އަންނާތީ ކުޑަކޮށް ނާވަސް ވީ ކަންނޭނގޭ..." ކެނާން ގޮނޑި ހުއްޓައިލުމަށްފަހު އެނބުރި ބަލާލިއެވެ.

"ދެން އުރޫޖް އަށް ކިހިނެއްވެފަ؟" ކެނާން އަހާލީ ވަރަށް މަޑުމައިތިރި ރާގެއްގައެވެ. އޭނަ ގެ ނޭވާ ހިނގުމުގެ އަޑު އެތާގައި ހަރުލިހެން ހީވިއެވެ.

" ހްމް...އިޓްސް އޯކޭ....ނޯ ނީޑް ޓު ޓެލް މީ....އެނީވޭއިސް ބެސްޓް އޮފް ލަކް ފޯ ޔޯ ޑޭޓް ނައިޓް....ހުޝަލް ބުނި މިރެލް ބޭބީ ސިޓް ކުރަން މެހެކް އަންނަ ވާހަކަ...ވެރީ ހެޕީ ފޯ ޔޫ....އެންޖޯއި އިނގޭ...އެންޑް ޑޯންޓް ވޮރީ އެބައުޓް މިރެލް....ޝީ ވިލް ބީ ލުކްޑް އާފްޓާ ބައި އޯލް އޮފް އަސް...." ކެނާން ގެ ރާގުގައިވީ ހިތްހެޔޮކަމެވެ. އޭނަ ބަސް ހުއްޓިފައި އެއްޗެއް ނުބުނެވި ހުރެވުނީ ކެނާން އެތަނުން ދާން ދެނެވެ. އޭނާގެ މުޅި ސިކުނޑީގައި އެނބުރެމުން ދިޔައީ މާޒިމް ދެއްކި ހުރިހާ ވާހަކަތަކެވެ. އެއީ ހަމަ މާޒިމްއަށް ވީ ނުބައި ޝައްކެއް ކަމުގައި ހިތް ބުނެދެމުން ދިޔައެވެ. ނޫނީ ކެނާން އޭނާ ދެކެ ވާ ލޯބި އެހާ ސާފު އީ ހެއްޔެވެ؟ އެހާ މާނަ ފުން ލޯތްބަކީ ބާއެވެ. އުރުޖުވާން ގެ އުފަލަށްޓަކައި އަމިއްލަ އުފާ ގުރުބާން ކޮށްފާނެ ހެއްޔެވެ؟އޭނަގެ ބޮލަށް ބަރުވިއެވެ. ނަމަވެސް މިރެއަކީ އޭނާއަށް ހާއްސަ ރެއެކެވެ. ސިކުނޑީގައި އެއްވެސް ބޭކާރު ހިޔާލުތަކެއް ފުނި ޖެހެން ބޭނުމެއް ނުވިއެވެ. މިރޭ ލާނެ ހެދުމެއްވެސް އަދި ނުބެލެއެވެ. ބޭނުންވަނީ ވީ ހާވެސް ރީތި ވެލައިގެން ދިޔުމަށެވެ.

ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނީ މިރެލް އާއި ނަބީލާގެ ހަގުރާމައިގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ސިހި ބިރުގަތުމާއެކު އަވަހަށް ދުއްވައިގަނެވުނީ ވީ ނުވީ އެއް ބަލަންވެގެންނެވެ. އޭނައަށް ފެނުނު މަންޒަރު ގަބޫލުކުރަންވެސް އުނދަގޫ ވިއެވެ. އެއީ މިވީހާތަނަށް އޭނައަށް މިރެލްގެ ފަރާތުން ނުފެންނަ ސިފައެކެވެ. ނަބީލާގެ އިސްތަށިގަނޑުގައި ހިފައި ދަމާ އަތުގައި ދަތް އަޅައިގެން ހުއްޓެވެ. ނަބީލާ ރުޅި އައިސް މިރެލް ގައިގައި ޖަހަން ތައްޔާރަށް ހުރީ ކާން ގެންގުޅުނު އޫ ހިފައިގެންނެވެ.

"މަންމާ.....މިރެލް...." އުރުޖުވާން އަށް މިރެލް ދުރުކުރެވުނީ ހަމަ ކިރިޔާއެވެ. ލޭލާ ނެތް ނަމަ މިއަދު މިރެލް އަށް ވެސް ބޮޑު އަނިޔާއެއް ލިބޭނެއެވެ. ލޭލާ ގެ ހުޝިޔާރު ކަމުން އޭނަ ނަބީލާ އަތުގައި އޮތް އޫ ދަމައިގަތީއެވެ.

"މި ސުންޕާ ކުއްޖާ ގަނޑު....މަގޭ އިސްތަށިގަނޑަށް ދަމައިގަތީއޭ....މީ މިހާރު މިރެލް އެއް ނޫން ދޯ....ބޮޑު ހަންޑިގަނޑެއް ކަހަލަ ދަރިޔެއް....ބަލާލަ ހުރި ނުލަފާ ކަމެއް...." ނަބީލާ އެއްޗިހި ކިޔައިގަނެފައި އިތުރަށް އަތް އިސްކުރުމަށް މަސައްކަތްކުރިއެވެ. އުރުޖުވާން ވީހާވެސް އވަހަކަށް މިރެލް ގެ ކަންފަތް މަތީ އަތް އެޅީ މިރެލް އަށް އެ ބަސްތައް އަޑު ނީއްވުމަށެވެ. މިރެލް ދޫ ބޭރަށް ލަމުން ނަބީލާ އަށް ޖެއްސުން ކުރިއެވެ. ލޭލާ އަށް އެ މަންޒަރު ފެނުމުން ހެވުނެވެ.

"މިރެލް....ސެއި ސޮރީ ޓު މާމް ނައު....މަންމަ ވަރަށް ދެރަވެއްޖެ....ޔޫ ޝުޑް ބީ ކައިންޑް ޓު އަދާސް..." އުރުޖުވާން ވަގުތުން މިރެލް ގެ އަތުގައި ހިފައި ޝަހަދާތް އިނގިލިން އެ އަތުގައި މަޑުން ޖަހާލިއެވެ. މިރެލް އަށް އޭނާ އަށް ކުރެވުނީ ގޯސް ކަމެއް ކަން އިހުސާސްކޮށްދޭން ބޭނުންވިއެވެ.

"ހޫން ބުނޭ އަވަހަށް ސޮރީ....." ނަބީލާ ތުން ދިގުކޮށްލާފައި މިރެލް އަށް އަމުރު ކުރިއެވެ. މިރެލް ކަޅި އަޅާލިއެވެ. ދެ ބުމަ ގޮށްޖަހައި ތުންކޮޅު ދިގުކޮށްލިއެވެ. މާފަށް ނޭދޭން ގަދަ ހަދާލާ ހެންނެވެ. އުރުޖުވާން ތަކުރާރުކޮށް މިރެލް އަތުގައި މަޑުމަޑުން ޖަހާލިއެވެ.، އަދި ހަރުކަށިވެލިއެވެ.

" ޔޫ ކާންޓް ބީ ސޯ ކްރުއެލް ޓު އަދާސް ދަރިފުޅު...."އޭނަ މިރެލް އަށް އަނެއްކާ ވެސް ވިސްންދެވޭތީ ބެލިއެވެ.

" ޕިސް....ކީއްވެ މަގޭ ލޯބި މާމަ ދަރީގެ ގައިގަ ޖަހަނީ ތި....އެއޮތް ފަދަ ލޯބި ދޮންކޮޅު....މާމަ ގެ ލޯބި މިރެލް އަށް ވަރަށް ތަދުވާނެ....އެހެން ނަހަދާ..." ނަބީލާ ގެ މުޅި މިޒާޖު އެއްކޮށް ބަދަލުވިއެވެ. ހީވީ ސްވިޗެއް ޖައްސާލީ ހެންނެވެ. އެހާ ވެސް އަވަހަށް އޭނަ ބަދަލުވިއެވެ. އުރުޖުވާން ލޯބިން ނަބީލާގެ މޫނުގައި ފިރުމާލިއެވެ. އެއީ މިރެލް އަށް ވެސް އެއްޗެއް ވިސްނައިދޭންވެގެންނެވެ.

" ސީ މާމަ އިޒް މޭޑް...ޝީ އިޒް މޭޑް...އައި ޑޯންޓް ވޯންޓް އަ މާމަ ލައިކް ދެޓް...." މިރެލް ދުވެފައި ދިޔައެވެ. އުރުޖުވާން އަށް އެބަސްތައް އިވުމުން ހިތަށް ތަދުވިއެވެ. ނަބީލާ ގެ ލޯ ކަރުނައިން ބަރުވެފައި ހުރި ތަން ފެނި އުރުޖުވާން އަށް އޭނާ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

"މަންމަ ނުރޮއެ....މިރެލް ކުޑަ ވީމަ އެއީ..."އޭނަ ނަބީލާ ގެ ލޯ ފޮހެލަދިނެވެ.

" މަންމަ އަސްލުވެސް މޮޔައީ....މާޒިމް ވެސް ބުނެއެއްނު....މިރެލް ވެސް އެބުނީ ނު..." ނަބީލާ ރޮމުން ހިފެހެއްޓީ ލޭލާ ގައިގައެވެ. އުރުޖުވާން ގެ ހިތަށް އުދަގޫވިއެވެ.

"އިޓްސް އޯކޭ އައި ވިލް ޓޭކް ކެއާ އޮފް ހާ....ޔޫ ކޭން ގޯ ޓު މިރެލް...ޝީ އިޒް ޖަސްޓް އަ ޗައިލްޑް...ޑޯންޓް ވޮރީ...." ލޭލާގެ ފަރާތުން އިވުނީ ހިތްވަރުގެ ބަސްތަކެވެ. ނަމަވެސް އޭނައަށް މިރެލް ތަރުބިއްޔަތު ކުރުމުގައި އިހުމާލެއް ވާ ކަމުގެ ކުށްވެރި އިހުސާސް ނޫނީ ނުކުރެވެއެވެ. އޭނަ ދުވެފައި މިރެލް ހޯދުމަށް ދިޔަ އިރު ސިޑި ބަރި މަތީ ތުން ދަމާލައިގެން އިނެވެ. މިރެލް އަށް ނަސޭހަތްތެރިވާން އިނީ ކެނާންއެވެ. އެހާމެ ލޯބިން ބުނެދެމުން ދިޔައެވެ.

"ބަޓް އަންކަލް...ޝީ އިޒް މޭޑް...ޝީ ކާންޓް ސްޕީކް ރައިޓް...މޭކްސް ފޭސެސް އޯލް ތަ ޓައިމް...އައި ވޯންޓް އަ ނޯމަލް މާމަ...ނޮޓް ސަމްވަން ލައިކް ހާ..." މިރެލް ގެ ޝަކުވާތައް ގިނައެވެ.

" ޑޫ ޔޫ ތިންކް ޔު ވުޑް ލައިކް ޓު ހިއާ އެބައުޓް ޔޯ މޯމް ލައިކް ދެޓް....ޕީޕަލް ސަމްޓައިމްސް ގެޓް ސިކް ޓޫ... ޔޫ ޑޭޑް ވޯކްސް ސޯ ހާޑް ޓު ހެލްޕް ޕީޕަލް ލައިކް މާމަ.." ކެނާން ވިސްނަދިނެވެ. ހިނދުކޮޅަކަށް މިރެލް ވިސްނާނަލަން އިނދެފައި އެހި ސުވާލުން އުރުޖުވާން އަށް އަށް މޭމަތީ އަތް އަލާ ލެވުނެވެ.

" ބަޓް ޑޭޑް ނެވާ ހެލްޕްސް މާމަ..."އެޖުމްލައިން ކެނާންއަށްވެސް ބުނާނެ އެއްޗެއް ނޭގުނެވެ.

"ބަޓް ފައިން....އައި ވިލް ސޭއި ސޮރީ...އިޓް ވާސް ރޫޑް އޮފް މީ ޓު ހާޓް މާމަ..." މިރެލް އަށް އޭނަގެ މަންމަ އުރުޖުވާން ދުރުން އަންނަތަން ފެނުމުންނެވެ. އުރުޖުވާން ރުޅި އައިސް އަނެއްކާވެސް ބޮޑު އަދަބެއް ނުދެނީސް އަވަހަށް މާފަށް އެދުމަށް ތައްޔާރުވިއެވެ.

"ނޯ އިޓްސް ފައިން މިރެލް...ސަމްޓައިމްސް ސޮރީ ކާންޓް ފިކްސް އެވްރީތިންގް...ނޯ ނީޑް ޓު ޓެލް ހާ ޔޯ ސޮރީ..." އުރުޖުވާން ރުޅީގައި ބުނެލިއެވެ. ކެނާން ފަހަތަށް އެނބުރިލާފައި އެއްޗެއް ނުބުނެވެނީސް އުރުޖުވާން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

"ލެޓްސް ޕްލޭއި އަންކަލް...." މިރެލް ޖޯޝުގައި ބުނެލިއެވެ.

***

އުރުޖުވާން ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމާއެކު ހިތް ބަނޑުން ކުރުވާ ވަރަށް ރޮއިގަނެވުނެވެ. މިރެލް އަށް އެހުރިހާ ކަމެއް ދަސްވަނީ މާޒިމް، ނަބީލާ އާއި މެދު ކަން ކުރާ ގޮތުންނެވެ. މިރެލް އަށް އެފަދަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވުމުގެ ބަދަލުގައި މާޒިމް އަބަދުވެސް ރުޅި ގަދަ ވާނީ ކައިރީ ތިބޭ މީހުންނަށެވެ. އެއީ ހާއްސަކޮށް ނަބީލާ އަށެވެ. އެވަގުތު މާޒިމް ގެ ފޯނު ރިންގު ވިއެވެ. އުރުޖުވާން އަށް އެވަގުތު މާޒިމް ދެކެ އައިސް ހުރި ރުޅިން އެއްޗެއް ބުނުމަށް ގަސްތުކޮށް ފޯނު ނެގުނީ ބާރަށެވެ.

" ހައި ލަވް....ޑިޑް ޔޯ ޑްރެސް ގެޓް ޑެލިވާޑް....އައި ސެންޓް އަ ޕްރެޒެންޓް ފޯ ޔޫ..." މާޒިމް އެެހާ ލޯބިން ވާހކަ ދެއްކުމުން އޭނާގެ ރުޅި މުޅިން ފިލައިދިޔައެވެ.

"ހެލޯ..." މާޒިމް އަށް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ގޮވާލިއެވެ. އުރުޖުވާން އެވަގުތު ފޯނު ކަނޑައިލިއެވެ. މިވަގުތު ވާހަކަ ދެއްކުމަށް ވުރެ ނުދެއްކުން މާ ބުއްދިވެރިއެވެ. ކޮންމެ ވާހަކަ އެއް ދެއްކުމަށްވެސް މުނާސަބު ވަގުތެއް އޮވެއެވެ. އޭނަ ފޯނު ކަނޑާލުމުން ދެވަނަފަހަރަށްވެސް މާޒިމް ގުޅިއެވެ. ހަމަ އެއާއެކު ކޮޓަރީގެ ދޮރުގައި ވެސް މީހަކު ޓަކި ޖެހިއެވެ. އެއީ ނާޝިދު އެވެ. އަތުގައި ބޮޑު ޕްކޭޖެއް އޮތެވެ.

"ދަރިފުޅަށް....މި ހާދަ ބޮޑު ޕްރެޒެންޓެއް....މާޒިމް ތަ؟" ނާޝިދު ގެ މޫނުގައި ވި ކުލަވަރުން އޭނާގެ އުފާވެރިކަން ފާޅުވެއެވެ. އޭނަ އަވަހަށް މޫނު ފޮހެލައި އެ ހަދިޔާ އާއި ހަވާލުވިއެވެ. މާޒިމްގެ ފޯނު އެގޮތަށް ކަނޑާލުމުން ކަންބޮޑުވާނެތީ ފޮޓޯ އެއް ނަގައި ހަދިޔާ ލިބުނު ކަމުގެ މެސެޖެއް ފޮނުވާލިއެވެ.

" ދަރިފުޅާ...ދިރުއުޅުމުގައި އުފަލާއެކީވެސް ކެތްތެރިވާން ޖެހޭ އެހެނިހެން ބައިވަރު ކަންތައް ދިމާވާނެ...އަދި މިރެލް އަކީ ކުޑަ ކުއްޖެއް...މާޒިމް އާއި ދެކެދިން އެހާ ނުތޮޅެއްޗޭ ކަންކަމާ...ތަރުބިއްޔަތުގައި ދިމާވާނެ ވަރަށް ގޮންޖެހުންތައް...އަދި މިރެލް އަކީ ކުޑަ ކުއްޖެއް...ހެވާ އި ނުބައި ވަކިކުރާކަށް ނޭގޭނެ...އެހާ ބޮޑަށް ހާސް ނުވޭ އިނގޭ ދަރިފުޅާ...ބައްޕަ ވަރަށް އުފާ ވޭ ތި ދެކުދިން އުފަލުގަ އުޅޭތީ...ޖަސްޓް އެނޖޯއި ޔޯ ޓައިމް ވިތް ހިމް ޓުނަިއޓް..." ނާޝިދު ބޮލުގައި ފިރުމާލަދެމުން ދިން ނަސޭހަތް އަޑު އަހަން ހުރި އުރުޖުވާން ރަކި ވިއެވެ. ނަމަވެސް އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއްވެސް ލިބުނެވެ. ނާޝިދު ދިޔުމުން އުރުޖުވާން އެ ހަދިޔާ ހުޅުވާލިއެވެ.

" ވާވް...އަ ބްލެކް އަބާޔާ....އެންޑް އަ ހޮޓްލެ ކާޑް؟" މާޒިމް ފޮނުވާފައި އޮތް އަބާޔާ އަކީ އުރުޖުވާން ކުރިން ގަންނަން ހިތު އަޅައިގެން ހުރި އަބާޔާއެކެވެ. އެނގުނު ގޮތެއްވެސް ނޭނގެއެވެ.

އުރުޖުވާން ގެ ތުންފަތަށް ހިނިތުންވުން ގެނުވީ ލިޔެފައި އޮތް ކަރުދާސްކޮޅު ފެނުމުންނެވެ.

" ލިމޯ ކާ ވިލް ޕިކް ޔޫ. އެޓް އެއިޓް........ޕެކް ލައިޓް....އައި ވިލް ބީ ވެއިޓިން ފޯ ޔޫ އިން ދަ ހޮޓެލް..." އޭނާގެ ކޯތާފަތަށް ފިނި ވުމުން ކުޑަކޮށް އަމއިްލަ ނަފްސު ހޭލައްވައިލަން މޫނުގައި މަޑުން ޖަހާލިއެވެ. މިއީ ހުވަފެނެއް ބާވައޭވެސް ހިތަށް އެރިއެވެ. މާޒިމް އަކީ އޭނަގެ ލޯ ކުރިމަތީ މިރެލް ނެތިއްޔާ ނުވެސް ނިދޭ މީހެކެވެ. އުރުޖުވާން އަށް އިހުސާސްވީ ތަފާތު އުފަލެކެވެ. މިރެލް ދުނިޔެއަށް އައުމަށް ފަހުގައި އޭނާ އަށް މިފަދަ ހާއްސަ ކަމެއް މާޒިމްގެ ފަރާތުން ދެވުނު ފުރަތަމަ ފަހަރެވެ.

ނުނިމޭ