ސީދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ބޮޑު ހަމަނުޖެހުންތަކެއް ހިނގައި ފުލުހުންނާއި ފުލުހުންގެ ބައެއް ތަކެއްޗަށް ގެއްލުންދީ ޓޯކީތަކެއް ފޭރިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭގެ މުޒާހަރާގައި ފުލުހުނަށް ގެއްލުންތައް ދީފައިވާއިރު ފުލުހެއްގެ ސައިކަލެއްގައި ހުޅުޖަހައި ފުލުސް ވެހިކަލަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ. އަދި ރޭގެ ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންގެ ހަތް ޓޯކީތަކެއް ފޭރިގެންފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ރޭ ސައިކަލްގައި ހުޅުޖަހާފައި ވަނީ މަޖީދީމަގުން ލެކިއުޓް ކުރިމަތިން ދައްވާފައި ދަނިކޮށް ދުއްވާފައި ދަނިކޮށް ސައިކަލް ހުއްޓުވުމަށް ފަހު ކަމަށެވެ.

އިއްޔެއާއި ރޭގެ މުޒާހަރާގައި ގާނޫނާއި ޚިލާފުވި 55 މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެތެރެއިން 10 މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އިއްޔެއާއި ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ހައްޔަރުޔަކޮށްފައި މިހާރު ތިބީ 45 މީހުން ކަމަށާއި އޭގެތެރޭގައި ތިން އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.