ބީއެމްއެލް އިސްލާމިކްއިން 10 ކަސްޓަމަރުންނަށް ހައްޖު ދަތުރު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، އިސްލާމިކްގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ޚިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި އަހަރުގެ ނޮވެންބަރު މަހުގެ 30ގެ ނިޔަލަށެވެ.

ބީއެމްއެލްއިން ވަނީ، އެ ޕްރޮމޯޝަނުން ދަތުރު ލިބޭ ފަރާތްތަކުގެ ހައްޖުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ބޭންކުން ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ޚިދުމަތްތައް ފޯރުކޮށްދެއެވެ.

މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފުކުރި ބޭންކެވެ. ހަމައެހެންމެ މި ބޭންކަކީ ރާއްޖޭގައި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ހަމައެކަނި ބޭންކެވެ.

އެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލުމާތު ބީއެމްއެލްގެވެބްސައިޓުންލިބޭނެއެވެ.