ގުރޫޕް ހަދައިގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތު ކުރާ ތިން މީހަކާއި ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި އެވެ.

މިމަހުގެ އެއް ވަނަ ދުވަހު ޕީޖީ އަށް ފޮނުވި އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ 16 އަހަރުގެ ކުއްޖެއްގެ އިތުރުން މއ. ބޯޅަކިންކިރިމާގެ އަހުމަދު އައިމަން 18، އާއި މ. ފެންގަސްދޮށުގެ، މުޙައްމަދު މުފްރިހް 18، އާއި ހ. ހެޕީވިލާ އިރުފާން ޢަބްދުއްރައްޒާޤް 21، އެވެ.

އެ މީހުން ހައްޔަރު ކޮށްފައި ވަނީ މެއި 18 ވަނަ ދުވަހުގެ ރޭ ދަންވަރު ގުރޫޕް ހަދައިގެން ނުކުމެ މާލޭ މަގުތަކުގައި މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވިގެންނެވެ.