އެއާޕޯޓުގައި ސައިކަލަކާއި ކާރެއް ޖެހި މިއަދި ހިނގި އެކްސިޑެންޓެއްގައި، ސައިކަލުގައި އިން މީހާއަށް އނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ އެއާޕޯޓު ޕޭ ޕާކިން ސަރަހައްދުން ނިކުތް ސައިކަލެއް، އެއާޕޯޓުން ނިކުންނަން ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިއަދުގެ ގާތްގަނޑަކަށް 16:20ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި އަހަރު ފެށިގެން މިވީ 15 ދުވަހުގެ ތެރޭގައި ވެސް މިހާތަނަށް 53 އެކްސިޑެންޓެއް ހިނގައިގެން ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ ނިސްބަތުން ދުވާލެއްގެ މައްޗަށް ތިން އެކްސިޑެންޓަށްވުރެ ގިނައެވެ.