12 Jul 2012, 11:27
ކްރޮއޭޝިޔާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވިއްކާލަން ޓޮޓެންހަމް އިން ތައްޔާރުވެއްޖެ އެވެ.
އާ ކޯޗު އަންދްރޭސް ވިޔާސް ބޯއަސް ބުނީ ޓޮޓެންހަމް ތަށި ހޯދޭނެ މަގަކަށް އަޅުވަން ބޭނުންވާ ކަމަށާއި އެކަމުގައި މޮޑްރިޗަކީ ވަރަށް މުހިންމު ދަައުރެެއް އަދާކުރެވިދާނެ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ކުލަބު ދޫކޮށްލަން ބޭނުންވާތީވެ، މޮޑްރިޗުގެ އުއްމީދުތަކަށް ހުރަސް އަޅަން ކުލަބުން ބޭނުން ނުވާ ކަމަށެވެ.
ވިޔާސް ބޯއަސް ބުނީ ކުލަބާއެކު ވަރަށް ގިނަ ކުލަބުތަކުން މަޝްވަރާކުރަމުން އަންނަ ކަމަށާއި ރަނގަޅު އަގެއްގައި ކުޅުންތެރިޔާ ވިއްކާލުމުގެ ފަހު މަރުހަލާއާ ހަމައަށް ގޮސްފި ކަމަށެވެ.
މޮޑްރިޗް ހޯދުމަށް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ސްޕޭނުގެ ރެއާލް މެޑްރިޑަކީ ޝައުގުވެރިވާ ކުލަބުތަކެވެ.