12 Jan 2025, 17:35
ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލު ކުރިމަތީ ހުރި ގެއެއްގެ ބިއްލޫރި ގަނޑެއް ވެއްޓި، މިއަދު މީހަކަށް އަނިޔާވާއްޖެއެވެ.
'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގާފައި ވަނީ ހަވީރު 15:35 ހާއިރެވެ.

ގިޔާސުއްދީން ސުކޫލު ކުރިމަތީ ހުރި ގެއެއްގެ ބިއްލޫރިގަނޑު ވެއްޓިފައި ---- ސަން ފޮޓޯ
އެނގިފައިވާ ގޮތުގައި، ވެއްޓުނު ބިއްލޫރިގަނޑުން އަނިޔާވީ އިމާރާތުގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައިއިން ފިރިހެނަކަށެވެ. އެގޮތުން އޭނާގެ ބޮލަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
'ސަން'އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެވަގުތު އަމީނީމަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ވެސް ބިއްލޫރި ގަނޑުން ޖެހި، ރެނދުލާފައި ހުއްޓެވެ.

ބިއްލޫރި ގަނޑު ވެއްޓި ޕިކަޕަށް ގެއްލުން ވެފައި --- ސަން ފޮޓޯ
ނަމަވެސް، ބިއްލޫރި ގަނޑު ވެއްޓެން ދިމާވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މިހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުން ބަހެއް ލިބިފައެއް ނުވެއެވެ.