ކުށް މަދުކުރުމަށް ފުލުހުން ރާވާފައިވާ ޕްރޮގްރާމް ދެ ރަށެއްގައި ހިންގައިފި އެވެ. މި ޕްރޮގްރާމް ހިނގީ ރ. ކިނޮޅަހާއި ލ. މާމެންދޫގަ އެވެ.

މާމެންދޫގައި ކުށް މަދު ކުރުމުގެ ޕްރޮގްރާމް ހިންގީ ފޮނަދޫގައި ގާއިމްވެ ތިބޭ ފުލުހުންނާއި ކުނަހަންދޫ ކައުންސިލާ ގުޅިގެނެވެ. ޕްރޮގްރާމްގައި ކުނަހަންދޫ ސްކޫލްގެ ދަރިވަރުންނާއި ރަށުގެ އާންމުން ބައިވެރިކޮށް އާއްމު އިޖްތިމާއީ މައްސަލަ ތަކާއި ޖިނާޢީ ކުށްތަކާއި ކުށްމަދު ކުރާނެ ހޮތުގެ މަޢުލޫމާތު ދިނެވެ.

މީގެ އިތުރުން ސްކޫލްގެ ބެލެނިވެރިންނަށް ދަރިވަރުންގެ އަޚްލާގީ މައްސަލަތަކާއި ބެހޭ މަޢުލޫމާތު ވެސް ދިނެވެ.

ކިނޮޅަހުގައި ކުށް މަދު ކުރުމުގެ ޕްރޮގްރާމް ހިންގީ ވެސް އެ ރަށު ކައުންސިލާއި އެ އަތޮޅު ޕޮލިސް ސްޓޭޝަން ގުޅިގެނެވެ. އެ ޕްރޮގްރާމްގައި ވެސް ޖިންސީ ހާނިއްކަ ތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ މަޢުލޫމާތު ދިނެވެ.