11 Jul 2012, 16:41
ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިއަކާ އެކު ސ. ހިތަދޫން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހިތަދޫން ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ މީހެއް ކަމަށެވެ.
އަދި އޭނާ ހައްޔަރު ކުރީ މަގުމަތިން ހިނގާފައި ދަނިކޮށް މަޑުކުރަން ބުނުމުން އޭނާގެ އަތުގައި އޮތް ފުޅިއެއް އެއްލާލުމަށް ފަހު ފިލަން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އޭނާ އެއްލާލި ކޮކާކޯލާ ހުސްކުރި ފުޅި ނަގައި ބެލި އިރު އޭގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ކަމަށެވެ.
މިދިޔަ ހަފްތާތެރޭ ވަނީ ސ. ހުޅުމީދޫން ވެސް ބަނގުރާ ކަމަށް ޝައްކުވާ އެއްޗެއް ހުރި ފުޅިތަކަކާއި ރާ ކައްކަން ބޭނުންކުރާ އާލާތްތަކަކާ އެކު ކުޑަ ކުއްޖަކާއި 19 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ.