ރޯދަމަހުގައި މަހުގެ ބާވަތްތަކުގެ އަގު އުފުލުނަ ނުދިނުމަށާއި ރައްޔިތުނާއި ވީހާވެސް ފަސޭހަގޮތަކަށް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މަސް ފިހާރައެއް ހުޅުވަން ހަމަޖައްސާފައިވާ ކަމަށް ކޫއްޑޫ ފިސަރީޒްއިން ބުނެފި އެވެ.

ކޫއްޑޫ ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ ރޯދަމަސް ފެށުމުގެ އެއްދު ވަސް ކުރިން އެފިހާރަ ހުޅުވާނެ ކަމަށާއި އެފިހާރައިން މަހުގެ ތަފާތު ވައްތަރުތައް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށެވެ.

"އެފިހާރައިން ލިބެންހުނާނެ މަހުގެ ތަފާތު ވައްތަރުތައް. އޭގެ ތެރޭގައި ދަޅުމަހާއި، ފިނިކުރިމަހާއި، ވަޅޯމަހުގެ އިތުރުން އާ ޕުރޮޑެކްޓްތަށް ވެސް ތައާރަފްކުރަން ހަމަޖެހިފައިވަނީ" މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވުސް ފުޓްބޯޅް އެސޯސިއޭޝަން (އެފްއޭއެމް) އޮފީހުގެ ތިރީގައި ހުޅުވަން ހަމަޖެހިފައިވާ އެ ފިހާރައިން ކުއްޑޫގެ އުފެއްދުންތަކުގެ އިތުރުން މަހުގެ ބާވަތްތައް އުފައްދާ އެހެން އަމިއްލެ ކުންފުނިތަކުގެ އުފެއްދުންތަށް ވެސް ލިބެން ހުންނާނެ ކަމަށެވެ.

މިއީ ކުއްޑޫއިން މަލޭގައި މަސްވިއްކަން ހުޅުވާ ދެވަނަ ފިހާރަ އެވެ، ކުއްޑޫއިން މަހުގެ އަގު ހެޔޮކުރުމަށް އާފިހާރެއް ހުޅުވަން ނިންމާފައިވާއިރު މިފްކޯއިން ވެސް ވަނީ އެ ކުންފުނީގެ މަސް ފިހާރަ މިހާރު ވެސް ހުރި ތަނުގައި "ފަސްމީރު މަސް މާރުކޭޓު" ގެ ނަމުގައި މަސް މާރުކޭޓެއް ހުޅުވަން ނިންމާފަ އެވެ.