އެމްޓީސީސީން ކުރިއަށްގެންދާ ހުރިހާ މަޝްރޫޢެއްގެ އެންމެ ފަހުގެ މަޢުލޫމާތު ވަގުތުން ބަލައިލެވޭނެ ޕްރޮޖެކްޓްޑޭޝްބޯޑެއްއެ ކުންފުނިން ތަޢާރަފުކޮށްފިއެވެ.

އެމްޓީސީސީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ކުރިއެރުންތައް ވަގުތުން ވަގުތައް ކޮންމެ ތަނެއްގައި ހުއްޓަސް، ބޭނުން ވަގުތެއްގައި ޕްރޮޖެކްޓް ޑޭޝްބޯޑް ބޭނުންކޮށްގެން ޓްރެކް ކުރުވޭނެއެވެ.

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި މި ޕްރޮޖެކްޓް ޑޭޝްބޯޑް ބޭނުންކުރާނެ ގޮތް ވަނީ ހިއްސާކޮށްފައެވެ.

ޕްރޮޖެކްޓް ޑޭޝްބޯޑްބޭނުންކޮށްގެން އަތޮޅުތަކާއި ރަށްރަށުގައި ފަށައިފައިވާ އެކިއެކި މަޝްރޫޢުތަކުގެ ހުރިހާ މައުލޫމާތެއް ބަލައިލެވޭނެއެވެ.

އެމްޓީސީސީގެ ޕްރޮޖެކްޓް ޑޭޝްބޯޑުން ފުރަތަމަ ފެންނާނީ ރާއްޖޭގެ ޗާޓެވެ. އެ ޗާޓުން އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކާއި ރަށްތައް ވެސް ފެންނާނެއެވެ. މީގެ އިތުރުން، ކޮންމެ އަތޮޅަކަށް ފިއްތާލުމުން ވެސް އެ އަތޮޅުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދަދު ފެންނާނެއެވެ.

ވަކިވަކި ރަށްރަށުގެ މައުލޫމާތު ހޯދަން ބޭނުންވާ ނަމަ، އެ ރަށަކަށް ކްލިކްކޮށްލުމުން އެ ރަށެއްގައި ކުރިއަށްދާ މަޝްރޫއެއްގެ ތަފުސީލު ފެންނާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޓީސީސީއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ރަށްރަށުގައި އެންމެ ގިނަ މަޝްރޫއު ހިންގާ އެއް ކުންފުންޏެވެ.