މަގުމަތިން، އަންހެނެއްގެ އަތްދަބަސް ފޭރުނު މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ފޭރުމުގެ ކުށުގައި ހަތަރު މަހަށް ޖަލަށް ހުކުމް ކުރީ މާލޭ ދަފްތަރު 1131، މުހައްމަދު ތަހުސީން މާހިރުގެ މައްޗަށެވެ.

ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިއަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު އަންހެނެއްގެ އަތްދަބަސް، ތަހުސީމް ފޭރިގެންފައިވާ ކަމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫނާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަތަރު މަސް ދުވަހަށް ޖަލަށްލާން ހުކުމް ކުރީ ކަމަށެވެ.