ކުރީގެ ސަރުކާރުގައި ފޮރިން މިނިސްޓްރީ ހިންގިއިރު 2022ވަނަ އަހަރާ ގުޅޭގޮތުން އޮޑިޓު އޮފީހުން ތައްޔާރުކުރި އޮޑިޓު ރިޕޯޓުތަކުން އެއްވެސް މައްސަލައެއް ފެންނަން ނެތްކަމަށް އެ އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އޮޑިޓު ރިޕޯޓުތަކުން މައިގަނޑު ގޮތެއްގައި ބަލަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި، ދައުލަަތުގެ މާލިއްޔަތު ގަވައިދަށް އަމަލުކުރެވިފައިވާ މިންވަރެވެ.

އެއާއެކު އެ އޮފީހުން ބުނެފައިވަނީ 2022ވަނަ އަަހަރުގެ ޑިސެމްބަރު 31 އަށް ނިމުނު މާލީ އަހަރުގައި ފޮރިން މިނިސްޓްރީން ޚަރަދުކޮށްފައިވަނީ އެ އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގެ މަގްސަދު ހާސިލްވާ ގޮތަށް ކަމަށެވެ.

މީގެ ޚަރަދުކޮށްފައިވަނީ އިތުރުން ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ މާލީ ކަންކަން، މާލިއްޔަތު ގަވައިދަށް ވެސް ފެތޭކަމަށް ވަނީ ފަހަގަކޮށްފައެވެ.