މާލެއިން މަރުވެފައިވާ ފިރިހެނަކު މިއަދު ފެނިއްޖެއެވެ.

މަރުވެފައި އޮށްވައި ފެނިފައިވަނީ މ. ތަރިވިލާގެ، އުމުރުން 41 އަހަރުގެ ހުސައިން އަހުމަދެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މީހަކު ނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 09:53 ކަށް ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މީހާ މަރުވި ސަބަބު ދެނަގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.