11 Jul 2012, 12:07
މިނިސްޓާ އޮފް ހޯމް އެފެއާޒް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒު ދުންޔާ މައުމޫން ޖެނީވާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދެ ބޭފުޅުން ވަޑައިގެންނެވީ މިމަހުގެ 12 އިން 13 އަށް ޖެނީވާގައި ބާއްވާ އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގައި އިންޓަނޭޝަނަލް ކޮންވެނެންޓް އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީއާރް)ގެ ދަށުން ރާއްޖޭގައި އާއްމުންގެ ހައްގުތަކާއި ސިޔާސީ ހައްގުތައް ދިފާއު ކުރެވެމުންދާ މިންވަރާ ބެހޭ ގޮތުން ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށެވެ.
ރާއްޖެއިން އައިސީޕީގައި ބައިވެރިވެފައިވަނީ 19 ސެޕްޓެންބާ 2006 ގަ އެވެ. މި މުއާހަދާއަށް ރާއްޖެއިން އަމަލް ކުރަން ފަށައި މުއާހަދާގެ ދަށުން ރާއްޖެއިން ހުށަހަޅަން ޖެހޭ ފުރަތަމަ ރިޕޯޓް ހުށަހަޅާފައިވަނީ 2010 ގަ އެވެ.