އަތޮޅުތެރެއަށް މި އަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކ. ގުޅިއަށް ވަޑައިގެންފިއެވެ.

އެ ރަށުންވަނީ ރައީސަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވަނީ ގުޅިއަށް ވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

އަދި ރަށަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހާލަތު ބެއްލެވުމަށް ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ.

މި ދަތުރުފުޅުގެ ތެރެއިން މިހާރު އެ މަނިކުފާނަށް ވަޑައިނުގެންނެވި އޮތީ ވަރަށް މަދު ރަށަކަށެވެ.