އާންމު ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ރޯދަ މަހަށް އަމާޒުކޮށް ލިންކް ސާވްގެ ހިދުމަތްތަކުން ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެކުންފުނިން އެވެ.

ލިންކް ސާވްގެ މެނޭޖާ ސޭލްސް އެންޑް މާކެޓިން އަހުމަދު ރިޒްވީ ވިދާޅުވީ އެ ޕްރޮމޯޝަނުގައި ތަފާތު ޕެކޭޖްތަކެއް ތަރާއަފްކޮށްފައިވާ ކަމަށާއި ކޮންމެ ޕެކޭޖަކީވެސް ސެކިއުރިޓީގެ ހިދުމަތް ހޯދާ ކަސްޓަމަރުނަށް ހެޔޮއަގުގައި އެހިދުމަތްތައް ލިބޭނެ މަގުފަހިކުރުމަށް ތައާރަފުކޮށްފައިވާ ޕެކޭޖްތައް ކަމަށެވެ.

ލިންކް ސާވްއިން ބުނީ ޒަމާނީ ބާގްލާ އެލާމް ސިސްޓަމާއި ސީސީޓީވީގެ ހިދުމަތުގެ އިތުރުން އެކްސެސް ކޮންޓްރޯލް ސިސްޓަމް ފަދަ ހިދުމަތްތަކުގެ ޓޯޓަލް ސޮލިއުޝަން ހެޔޮ އަގުގައި މިޕުރޮމޯޝަންގެ ތެރެއިން ލިބޭނެ ކަމަށެވެ.

"ޑިސްކައުންޓް ލިބޭ ސެކިއުރުޓީ ޕެކޭޖްތަކެއް އަޅުގަނޑުމެން މިތައާރަފްކުރީ ރޯދަމަހަކީ އޮފީސްތަކާއި ގޭގައި ވެސް ރައްކާތެރިކަން ބޭނުންވާ މަހެއްކަމަށް ފާހަގަކުރެވޭތީ އާއްމުކޮށް އޮފީސް އިމާރާތްތަކުގައި އަދި ބޮޑެތި އެޕާޓްމަންޓް ތަކުގައި ސެކިއުރިޓީ ސިސްޓަމްތައް މިހަރު ކުރެވެނީ. ނަމަވެސް އަޅުގަނޑުމެން މިތައާރަފްކުރި ޕެކޭޖްތަކުގެ ސަބަބުން އާއްމު ގޭގޭގަވެސް މިފަދަ ސިސްޓަމްތައް ހަރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެކިއުރިޓީ ޕެކޭޖްތަކުގެ އިތުރުން ކޮމްޕިއުޓާ ގޭމިންއަށް ބޭނުންވާ ނެޓްވޯކިން ސޮލިއުޝަންތައް ވެސް އެ ޕްރޮމޯޝަންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ލިންކް ސާވް ޕުރައިވެޓް ލިމިޓެޑަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓާ ނެޓްވޯކާއި ފޯނު ނެޓްވޯކާއި ޕީއޭބީއެކްސް ސިސްޓަމުސްގެ އިތުރުން ފަޔާ ސޭފްޓީ ސިސްޓަމްސް އާއި ސީސީޓީވީގެ ސިސްޓަމާއި ތަފާތް ކޮމިއުނިކޭޝަންސް ހިދުމަތްދޭ ކުންފުންޏެކެވެ.