މިއަދުގެ ރީތި ތާރީޚުގައި މާލޭގައި ފެމިލީ ކޯޓުން 52 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

މިއަދު ތާރީޚަކީ 24.12.24 އެވެ.

އެ ކޯޓުން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މިއަދު ރަސްމީ ގަޑީގައި 16 ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނުރަސްމީ ގަޑީ 36 ކައިވެނި ކުރާނެއެވެ.

މި އަހަރުގެ ރީތި ތާރީޚުތަކާ ގުޅުވައި ގިނަ ކައިވެނިތަކެއް ކޮށްފައި އެބަހުއްޓެވެ. އެގޮތުން ދެވަނައަށް މި އަހަރު އެއް ދުވަހަކު އެންމެ ގިނަ ކައިވެނި ކުރީ 24.4.24 ވަނަ ދުވަހެވެ. އެ ދުވަހު 38 ކައިވެނި ކޮށްފައިވެއެވެ.

އެންމެ ގިނައިން ކައިވެނިކޮށް، ވަރިކުރި މަސްތަކުގެ ތެރޭ:

  • މެއި 238 ކައިވެނި

  • ޖުލައި 228 ކައިވެނި
  • ފެބްރުއަރީ 211 ކައިވެނި
  • އޮކްޓޯބަރު 205 ކައިވެނި

ކައިވެނިތައް އިތުރުވަމުން އަންނައިރު މި ފެށޭ އަހަރު ހަފުތާ ބަންދު ވެސް ހިމެނޭހެން ހުރިހާ ދުވަހެއްގައި, ކޯޓުގައި ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.

ފެމެލީ ކޯޓުން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ހަފްތާ ބަންދު ދުވަސްތަކުގައި އެ ކޯޓުން ކައިވެނިކޮށް ނުދިން ނަމަވެސް އެކަމަށް އެދޭ ފަރާތްތައް އިތުރުވަމުން ދާ ކަމަށެވެ. އެހެންވެ މިފެށޭ އަހަރު އެ ދުވަސްތަކުގައި ވެސް ކައިވެނި ކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ކޯޓުން ވަނީ ބުނެފައެވެ