09 Jul 2012, 21:44
އޮޑިޓާ ޖެނެރަލްގެ ކާރުކޮޅަށް ބަޔަކު މިއަދު ގެންލުންދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ކާރުކޮޅަށް ގެންލުން ދީފައި ވަނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރު ޗާންދަނީމަގުން ދުވާފައި ދަނިކޮށް ޗާންދަނީމަގާއި އޯކިޑްމަގު ގުޅުނު ކަންމަތީގައި މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއިން ބަޔަކު ކަމަށެވެ.
ނަމަވެސް ކާރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މައްސަލަައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.