09 Jul 2012, 16:58
ރޭ ދަންވަރު ވަޅޯ މަސް މާރުކެޓުން ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވަޅޯ މަސް މާރުކޭޓުން ވައްކަން ކުރާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ރޭ ދަންވަރު 1:16 އެހާކަންހާއިރު ފުލުހުން އެތަނަށް ގޮސް 17 އަހަރުގެ ފިރިހެން ކުއްޖަކާއި 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރޭ ވައްކަން ކޮށްފައި ވަނީ އެތާގެ ހަތް ގޮޅިއަކުން ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.