09 Jul 2012, 14:59
ޓޫރިސްޓުންނާއެކު ކޮންރެޑް ރަންގައްޔަށް ދަތުރުކުރި ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓެއް ވެއްޖެ އެވެ.
ޓީއެމްއޭއިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް މިއަދު މެންދުރު ހިނގި އެ ހާދިސާއާގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ސވިލޭވިއޭޝަން ޑިޕާޓްމަންޓުން ބުނީ ޓީއެމްއޭގެ ބޯޓް އެކްސިޑެންޓްވީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ޕްލެޓްފޯމްގައި ޖެހިގެން ކަމަށެވެ. އަދި ޕްލެޓް ފޯމް ހިއްލުނީ ބިޔަ ރާޅެއްގައި ކަމަށް އެނގިފައިވާ ކަމަށްވެސް އެ ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ބޯޓަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައި ހުރީ، އެކަމަކު މާބޮޑު ގެއްލުމެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ބޯޓު ކުޑަކޮށް އަރިވެ ގެއްލުންތަކެއް ލިބުނު ނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.