22 Aug 2010, 09:24
14:25
އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ހުސް މަގާމްތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް އެޕާޓީން އިތުރުކޮށްފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ މިއަދު ހަވީރު 4.00 އާ ހަމައަށް މުއްދަތު އިތުރުކުރި ނަމަވެސް ކުރިމަތިލެވޭނީ ހުސް މަޤާމަތަކަށް އެކަނި ކަމަށެވެ.
ޝާހު ވިދާޅުވީ އެމްޑީޕީގެ ދާއިރާގެ އިންތިޚާބުގައި މިހާރު ހުސްވެފައި ހުރީ ސެކްރެޓަރީ އާއި ސެކްރެޓަރީގެ ނައިބު ފަދަ މަގާމްތަށް ކަމަށެވެ. ޝާހު ވިދާޅުވީ އެޕާޓީގެ ދާއިރާ ތަކުގެ އިންތިޚާބުގައި ވޯޓުލާ ގޮތަށް ހަމަޖެހިފައި އަދި އޮތީ އެސްއެމްއެސް މެދުވެރިކޮށް ކަމަށެވެ. އަދި މިހާރު އެކަމާ ގުޅޭ ގޮތުން ދިރާގާއި ވަތަނިއްޔާ އާއި ވާހަކަ ދައްކަމުންދާ ކަމަށް ޝާހު ވިދާޅުވި އެވެ. ޝާހު ވިދާޅުވީ އެގޮތަށް ހެދުމުން ޚަރަދު ވެސް ކުޑަވެގެން ދާނެ ކަމަށާއި އަދި އެކަމާ ގުޅިގެން މެދުވެރިވެދާނެ ކަންތައްތައް ވެސް ބަލަމުން އަންނަ ކަމަށް ޝާހު ވިދާޅުވި އެވެ.