ޅ. ހިންނަވަރުގައި ކުނި މެނޭޖްކުރުމަށް މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް (މެމްޕް) އާއި އެންހާންސިން ކްލައިމެޓް ރެޒިލިއަންސީ އެންޑް ވޯޓާ ސެކިޔުރިޓީ ޕްރޮޖެކްޓް (މޯލްޑިވްސް ޖީސީސީ) އާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މެމްޕްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަޖީދެވެ. އަދި މޯލްޑިވްސް ޖީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޕާޓީ ޖޯން ޑޯ އެވެ.

އެއްބަސްވުމުގެ ދަށުން ހިންނަވަރުގައި ކުނި މެނޭޖްކުރުމާއި ބެހޭ ތަމްރީނު އާންމުންނަށް ދީ، ކުނި މެނޭޖް ކުރާ މަރުކަޒު ހިންގަން ބޭނުންވާ އާލަތް ބަހައްޓައި ހުރިހާ މަސައްކަތެއް ކުރާނެ އެވެ. އަދި ހިންނަވަރުގައި ކުނި މެނޭޖްކުރާ މަރުކަޒު ފަރުމާ ބިނާ ކުރުމުގެ މަސައްކަތްތާއި ކުނި މެނޭޖްކުރުން ކުރިޔަށް ގެންދަން މޯލްޑިވްސް ޖީސީސީއިން އެހީތެރިވެދީ މެމްޕާއި ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ އެވެ.