09 Jul 2012, 10:49
ފާއިތުވި ދެ އަހަރު ފްރާންސްގެ ގައުމީ ޓީމަށް ކޯޗް ކޮށްދިން ލޯރެން ބްލޮންކް މަގާމުން އިސްތިއުފާ ދިނުމުން އެ ގައުމުގެ ކުރީގެ ކެޕްޓަން ޑިޑިއޭ ޑެޝޯމްޕާ ޕްރާންސްގެ ކޯޗްކަމާ ހަވާލުވެއްޖެ އެވެ.
ޑެޝްމްޕާގެ ކެޕްޓަންކަމުގައި އޭނާ ވަނީ 1998ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ޕްރާންސްއަށް ކާމިޔާބުކޮށްދީފަ އެވެ.
ޕްރާންސްގެ ކުރީގެ ކޯޗް ލޯރެން ބްލޮންކް ކޯޗް ކަމުން އިސްތިއުފާ ދިނުމުން، އެ ގައުމުގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ލޯރެންގެ ކޯޗްކަމުގައި ފާއިތުވި ދެ އަހަރު ދުވަހު ޕްރާންސް ހޯދި ކާމިޔާބީ އަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެފަ އެވެ. އެގޮތުން ލޯރެންގެ ކޯޗްކަމުގައި އެންމެ ފަހުން ފްރާންސް ކުޅުނު ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ފްރާންސާ ޓީމް ގެންގޮސް ދިނުމުގައި ލޯރެން އަދާކުރި ބުރަ މަސައްކަތްތައް ފާހަގަކޮށް އޭނާ އަށް ފްރާންސްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެހެން ނަމަވެސް ލޯރެން އިސްތިއުފާ ދިން ސަބަބެއް ހާމަ ކޮށްފައެއް ނުވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލޯރެން ކޯޗް ކަމުން އިސްތިއުފާ ދިނީ ޓީމްގެ ތެރޭގައި މިވަގުތު އޮތް ދެބަސް ވުމެއްގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު އިތުރު ބަޔާނެއްގައި ބުނެފައި ވަނީ، ކޯޗް ކަމާ އަލަށް ހަވާލުވި ކުރީގެ ކެޕްޓަން ޑެޝޯމްޕާއަކީ ކާމިޔާބު ކޯޗެއް ކަމަށާއި އޭނަގެ އެސިސްޓެންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވެސް އެކަމަށް ޤާބިލް ކޯޗެއް ކަމަށެވެ. އެގޮތުން ފްރާންސްޓީމުގެ އެސިސްޓެންޓު ކޯޗަކަށް ހަމަޖައްސާފައި ވަނީ ޑެޝޯމްޕާއާ އެކު މާސޭގައި ވެސް އޭނާގެ އެސިސްޓެންޓަކަށް މަސައްކަތްކުރި ސްޓެފަން އެވެ.
ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެފައި ވަނީ، ފްރާންސްގެ ކޯޗް ކަމާ އަލަށް ހަވާލުވި ކުރީގެ ކެޕްޓަން ޑެޝޯމްޕާ އެ ގައުމުގެ ކޯޗް ކަމާ ހަވާލުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ އެގްރިމެންޓެއްގެ ދަށުން ކަމަށް ވިޔަސް، ފްރާންސްގެ ފުޓް ފުޓްބޯޅަ ފެޑްރޭޝަނުން އެކަން އަދި ޔަގީން ކޮށްދީފައި ނުވާ ކަމަށެވެ.
ކުރީގެ ކެޕްޓަން ޑެޝްމްޕާ ފްރާސްގެ ކޯޗް ކަމާ ހަވާލުވި އިރު، ފީފާ ރޭންކިންގައި އެގައުމު އޮތީ 14 ވަނައިގަ އެވެ.