ލ. ގަމު ރިވެރީސް ހޮޓެލުގެ ޑައިވިން އިންސްރަކްޓަރެއްގެ ކެމެރާއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ އުމުރުން 19 އަހަރުގެ ޒުވާނެއް ކަމަށެވެ.

އަދި އޭނާ ވަގަށް ނެގީ އެ ހޮޓަލުގައި މަސައްކަތް ކުރާ ޑައިވިން އިންސްޓްރަކްޓަރެއްގެ އަންޑަވޯޓާ ކެމެރާއެއް ކަމަށާއި އަދި އެ މައްސަލަ ރިޕޯޓްކުރިތާ ތިން ގަޑިއިރުތެރޭ ކެމެރާ ހޯދައި ވައްކަން ކުރި ޒުވާނާ ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑްތައް ފުލުސް އޮފީހުގައި އޮންނަ އެ ޒުވާނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ 430 ޑޮލަރުގެ ކެމެރާ ފެނިފައި ވަނީ އެ ރަށު ވަލުތެރޭގައި ފޮރުވާފައި އޮއްވައި ކަމަށެވެ.