އެމްވީކޭ ފެރީއެއް، ސ. ހުޅުމީދޫ ނެރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ ރޭ އިރާކޮޅު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.

ހުސް ފިރިހެނުން ތިބި އެ ފެރީއަކީ ޝަންގްރިއްލާ ރިސޯޓުން ހުޅުމީދޫ އަށް ދިޔަ ފެރީއެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެމްވީކޭގެ އެފެރީ ނެރަށް އެރީ ހުޅުމީދު އަށް ވަންނަނިކޮށް އެ ރަށުގެ ނެރުކައިރީގައިވާ ތިލައަކަށް ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުމާ އެކު ސިފައިން އެ ސަރަހައްދަށް ގޮސް ފެރީ ފުންކުރުމަށް ފަހު މީދޫ ފަޅުތެރެއަށް ވެއްދި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.