08 Jul 2012, 13:36
މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އެކު ކ. ކާށިދޫ ކެފޭއެއްގެ ތެރެއިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރީ 20 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 18 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި 3،300ރ.ގެ އިތުރުން ދެ ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކެފޭއެއްގެ ތެރެއިން ކަމަށެވެ.
އެ މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން އަންނަނި ތަހުގީގު ކުރަމުން ނެވެ.