08 Jul 2012, 09:33
އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ(އައިޑީޕީ)ގެ ރައީސަކަށް ހަސަން ޒާހިރު އަދި ނައިބަކަށް އެ ޕާޓީގެ ކުރީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުލް ލަތީފް ޔޫނުސް އިންތިހާބުކޮށްފި އެވެ.
އިއްޔެ ނަލަހިޔާ ހޮޓަލުގައި ބޭއްވި އެ ޕާޓީގެ ދެ ވަނަ ކޮންގްރެސްގައި ރައިސާއި ނައިބް ރައީސްގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން އަކަށް، ކުރިން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު އިނާޒް އިންތިހާބުކޮށް ޗެއާޕާސަންގެ ނައިބަކަށް އަބުދުލްރައޫފް އިންތިހާބް ކޮށްފައިވެ އެވެ. އަދި އެ ކޮންގްރެސްގައި ގައުމީ މަޖިލީހުގެ އާންމު މެންބަރުންގެ މަގާމަށް ކުރިމަތިލި 10 މީހުންގެ ތެރެއިން އެ މަގާމް ކާމިޔާބު ކުރެއްވި ހަތް ބޭފުޅުންނަކީ އާތިފް ހުސެއިނާއި މޫސާ އާބިދް އާއި ސައްދާމް ހުސެއިންގެ އިތުރުން އަހުމަދު ޖުމައިލް ސަހީބް އާއި ފަހުތު ހަނީފާއި އަލީ ވިޝާމާއި މުހައްމަދު ނިޝާނެވެ.
މަގާމަށް ހޮވިވަޑައިގަތް މެންބަރުނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރުމަށް ރޭ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭފުޅުނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ އެ ޕާޓީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ހަސަން މަނިކެވެ.
ގިނަ އަދަދެއްގެ ޒުވާން ޒިންސުންލަތީފުން ބައިވެރިވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީ އަށް އަލަށް އިންތިހާބް ކުރި ރައީސް ހަސަން ޒަރީރު ވިދާޅުވީ މިއަދުން ފެށިގެން އެ ޕާޓީގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި ސިޔާސީ ޕާޓީތަކާ ވާދަކޮށް ގައުމަށް ހިދުމަތް ކުރުމަށް އެ ޕާޓީން ތައްޔާރުވެފައިވާ ކަމަށެވެ.
އައިޑީޕީއަކީ 2006 ވަނަ އަހަރު، މިހާރު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އުމަރު ނަސީރު އިސްކޮށްހުންނަވައިގެން އުފެއްދި ޕާޓީއެކެވެ. ނަމަވެސް އުމަރު ނަސީރު އެ ޕާޓީ ދޫކުރައްވައި ޑީއާރްޕީއަށް އަށް ބަދަލުވުމާ ގުޅިގެން އައިޑީޕީގެ ސިޔާސީ ހަރަކާތްތައް އޮތީ މެދުކެނޑިފަ އެވެ. އައިޑީޕީގެ ރަޖިސްޓްރީގައި މިހާރު ތިބީ 3504 މީހުނެވެ.