ލޯޔަރު އަހުމަދު ނަޖީބު މަރާލުމަށް ފަހު ހަށިގަނޑު ފޮރުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ 3:30 އެހާކަންހާއިރު ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާއަކީ މި މަހުގެ އެއްވަނަ ދުވަހު އަހުމަދު ނަޖީބު މަރާލިފަހުން މ. މަސްރޫރާ ގެއަށް ގޮސް ނަޖީބުގެ ހަށިގަނޑު ފޮރުވުމަށް ޓަކައި ކުރަމުންދިޔަ މަސައްކަތުގައި ބައިވެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. ނަމަވެސް އެމީހާގެ ވަނަވަރެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.

މަސްރޫރާގޭތެރޭގައި މަރާލުމަށް ފަހު ބޮޑު ޑަސްބިނަކަށްލާފައި އޮއްވައި ފެނުނު ނަޖީބުގެ މަރާ ގުޅިގެން
ގާނޫނީ ވަކީލު ނަޖީބު ގޮނޑިއެއްގައި ބަނދެ އަތްފަޔާއި އަނގަމަތީގައި ޓޭޕް އެޅުމަށް ފަހު ކަރަށް ވަޅި އަހަރައި އަވަހާރަކޮށްލި މައްސަލައިގައި، ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ މަސްރޫރާ އަހުމަދު މުރައްތު 29، އާއި ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާ 18، ވަނީ އެއްބަސްވެފަ އެވެ.

ފުލުހުން ބުނީ ނަޖީބު މަރާލި މައްސަލައިގައި އެ އަމަލު ހިންގި ފަރާތްތަކުން ކުށަށް އިއުތިރާފުވުމާ ގުޅިގެން އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަމުން ދިޔަ ނަމަވެސް އެ މައްސަލައާ ގުޅޭ އެހެނިހެން ބައިތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި ހަނާ އާއި މުއްރަތު ވަނީ އެ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީއަތަށް ކިޔައިދީފަ އެވެ. އަދި ނަޖީބު މަރާލީ ލޯބިވެރިޔާއާ "ބެހެން އުޅޭތީ" ކަމަށް މައްސަލައާ ގުޅިގެން ހައްޔަރުކުރި މުއްރަތު ވަނީ ބުނެފަ އެވެ.

ނަޖީބު މަރާލި މައްސަލައިގައި އޭނާގެ އަށް ދަރިން ޝަރީއަތުގައި މިހާތަނަށް ބުނެފައި ވަނީ ނަޖީބުގެ މަރުގެ ބަދަލުގައި މަރަށް މަރު ހިފަން ބޭނުން ކަމަށެވެ.