މާލޭގައި ޓެކްސީކުރާ ފަރާތްތަކުން ޓެކްސީ ކުރަނީ ގަވައިދާ އެއްގޮތަށްތޯ ބަލަން ހާއްސަ އޮޕަރޭޝަނެއް ފުލުހުން ހިންގައިފި އެވެ.

ޓްރެފިކް ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ހިންގި އެއޮޕަރޭޝަނުގައި 32 ޓެކްސީއެއް ބަލައި ފާސް ކޮށް ގަވައިދާ ހިލާފުވެފައިވާ 15 ޓެކްސީއަކާމެދު ވަނީ ފިޔަވަޅު އަޅާފަ އެވެ.

ފުލުހުން ބުނީ އިއްޔެގެ އޮޕްރޭޝަންގައި ހުއްޓުވައި ފިޔަވަޅު އެޅީ އަހަރީ ފީ ނުދައްކާ ޓެކްސީތަކާއި ރޯޑްވާ ދިނަސް ސްޓިކާ ނެތް ޓެކްސީތަކާއި ޤަވައިދާ ހިލާފަށް ޓެކްސީ ކުރަމުން ދިޔަ ފަރާތްތައް ކަމަށެވެ. އަދި ބުނީ ޓެކްސީތައް ބަލައި ފާސް ކުރުމުގެ އިތުރު އޮޕަރޭޝަންތަކެއް އަދި ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

ޓެކްސީތަކަށް އަމާޒުކޮށް މިފަދަ އޮޕަރޭޝަނެއް ހިންގާފައި ވަނީ ގިނަ ދުވަސްތަކެއް ވުމަށްފަހު އެވެ.