00:23


ރޯދަ މަހަށް ޚާއްސަކޮށްގެން "ކެއްކި މަސް" ކޫއްޑޫ ފިޝަރީޒުން ތަޢާރަފްކޮށްފި އެވެ.


މިރޭ އޮތް ރަސްމިއްޔާތެއްގައި "ކެއްކި މަސް" ބާޒާރަށް ތަޢާރަފްކޮށްދެއްވީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އާދަމެވެ.  


ރޯދަ މަހާ ދިމާކޮށް ކޫއްޑޫން ތަޢާރަފްކުރި "ކެއްކި މަސް" ތައްޔާރުކޮށް ވިއްކަމުންދަނީ ވެކިއުމް ޕެކެޓްގައި ބަންދުކޮށްފައި ކަމަށް ކޫއްޑޫން ބުނެ އެވެ. އަދި ދެ ކިބައިން ދެ ކިބައިން ބަންދުކޮށްގެން ވިއްކާ ކެއްކި މަސް ޕެކެޓެއްގެ އަގު ދަޅުމަހަށް ވުރެ ކުޑަވާނެ ކަމަށް ވެސް ކޫއްޑޫއިން ބުންޏެވެ.


ކޫއްޑޫއިން ބުނީ ދަޅުމަހުން ކުރަމުން އައި ގިނަ ކަންތަކެއް ކެއްކި މަހުން ކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޑަކްޓަކީ ކަނޑުމަސް ކައްކާ ފްރީޒްކޮށްފައިވާ ޕްރޮޑަކްޓަކަށް ވާތީ ގަނޑު ފިލުވާލައިގެން ބޭނުން ކުރެވޭނެ ކަމަށް ވެސް ކުއްޑޫން ބުނެ އެވެ. ކޫއްޑޫން އަދި ބުނީ އެ ކުންފުނީގެ ބްރޭންޑްތައް ލިބެން މިހާރު ހުރި ހުރިހާ ފިހާރައަކުން ކެއްކި މަސް މިހާރު ލިބެން ހުންނާނެ ކަމަށެވެ.