ސިމްޑީ އިން ކުރިއަށް ގެންދިޔަ އިލީ ޑްރިންކް އެންޑް ވިން" ޕްރޮމޯޝަނުން ގުރުއަތު ހޮވުނު ފަރާތްތަކަށް އިނާމް ދީފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ސިމްޑީ ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ޔޫރޯ ފެށިގެން ނިމެންދެން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ގަތް ކޮންމެ އިލީ ކޮފީ ތައްޓަކަށް ކޫޕަނެއް ދީފައިވެ އެވެ.

މާލޭގެ ތިން ރެސްޓޯރެންޓެއްގައި ކުރިއަށް ދިޔަ އެ ޕްރޮމޯޝަނުން ގުރުއަތުން ނެގުނު ދެ ފަރާތަކަށް ދީފައި ވަނީ އެ ކުންފުނިން ރާއްޖެ އެތެރެކުރާ "ފުރާންސިން ފުރާންސިސް" ކޮފީ މެޝިނެކެވެ. އެގޮތުން ގުރުއަތުން ނެގިގެން އެއިނާމް ހާސިލްކުރީ ބ. ތުޅާދޫ ދިލްކަސްވިލާ އިބްރާހިމް ޖަލީލުއާއި މާލެ ހ. ލަގްޒަރީގާޑަން މުހައްމަދު ހަމީދު، އުމަރުބެ (ފޮޓޯ) އެވެ.

އިނާމް ހާސިލްކުރި އުމަރުބެ ބުނީ އެބޭފުޅާއަކީ ކޮފީއަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއްކަމަށާއި މި އިނާމް ހާސިލްކުރުމަށް ޓަކައި 35 ކޫޕަން ލި ކަމަށެވެ.

ސިމްޑީ އިން ރާއްޖެ އެތެރެކުރާ އިލީ ބްރޭޑް ކޮފީއަކީ ޒުވާނުން ލޯބިކުރާ މަގުބޫލް ކޮފީ ބުރޭންޑެކެވެ.