މި މަހުގެ އެއް ވަނަ ދުވަހު މ. މަސްއޫރާގެ ގޭ ތެރޭގައި ކަރަށް ވަޅިހަރައި އަވަހާރަކޮށްލާފައި އޮއްވާ ފެނުނު ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ މަރުގެ މައްސަލައާ ގުޅިގެން ސަން އޮންލައިންގައި މިހާތަނަށް ސާއިއުކޮށްފައިވާ ބައެއް ޚަބަރުތަކުގައި ނަޖީބުގެ ދަރިންގެ ތެރޭގައި ސަމްހާ އަހުމަދު ހިމެނޭ ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ.

ނަޖީބުގެ އަވަހާރަވި އިރު ދުނިޔޭގައި ތިބި އޭނާގެ ދަރިންނަކީ އެންމެ ދޮށީ ދަރި މުހައްމަދު ފައިސަލާއި ޝީލާ ނަޖީބާއި ޝަޝްމާ ނަޖީބާއި ސިފްނާ ނަޖީބާއި ނީލާ އަހުމަދު ނަޖީބާއި ޝަމާމާ އަހުމަދު ނަޖީބާއި ޖިނާހު އަހުމަދު ނަޖީބާއި ޖިނާނު ނަޖީބެވެ. އަދި ޝަމްހާ އަހުމަދަކީ ވަކީލް ނަޖީބުގެ ދޮންދަރިއެއް ކަމަަށް އާއިލާއިން ބުންޏެވެ.

އެހެންވެ މިކުށަށް ސަންގެ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.