05 Jul 2012, 14:21
ކުޑަކުދިން ދުއްވާ ކާރެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ކާރުގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އެ ކާރަކީ މިދިޔަ ހޯމަ ދުވަހު މާލެއިން އެ ރަށަށް ދިޔަ ބޯޓަކުން ގެންގޮސްފައިވާ ކާރެއް ކަމަށާއި އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ކުދި ރަބަރު ޕެކެޓުގެ 79 ޕެކެޓާއި ތިން އިންޗި ދިގު އެއް އިންޗި ފުޅާމިނުގެ ރަބަރު ޕެކެޓުގެ 41 ޕެކެޓު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބުމުން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފިލި ކަމަށާއި އޭނާ ހައްޔަރު ކުރީ ރޭ 7:20 އެހާކަންހާއިރު ކަމަށާއި މިހާރު އެ މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.