ބާރަ އަހަރުގެ ފިރިހެން ކުއްޖަކު ސަފާރީއަކުން ވައްޓާލައި މަރާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ބިދޭސީއެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ހަތް ވަނަ ދުވަހު ހުށަހެޅި އެ މައްސަލައިގެ ތަހުގީގު ނިންމައި ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީ މީހާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި އެ ބިދޭސީ މީހާއަކީ އެ ދުވަސްވަރު ސަފާރީގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ،

ފުލުހުން ބުނީ 12 އަހަރުގެ ކުއްޖާ މަރާލަން މަސައްކަތް ކޮށްފައި ވަނީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ގޮސް ހުއްޓައި ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް އެ ކުއްޖާ މޫދަށް ވައްޓާލުމުން އަމިއްލަ އަށް ސަފާރީއަށް އެރުމުން ދެވަނަ ފަހަރަށް ވެސް މޫދަށް ވައްޓާލި ކަމަށާއި ދެވަނަ ފަހަރަށް އެކުއްޖާ ގެނބެމުން ދަނިކޮށް މޫދުން ނަގާފައި ވަނީ އެ މަންޒަރު ފެނުނު މީހެއް ކަމަށް ފުލުހުން ބުނެ އެވެ.