04 Jul 2012, 15:53
ދެ ދަރިންނަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ދެއްކި ބައްޕައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ ހއ. ހޯރަފުށީގައި އުފަން ދެ ދަރިއަކަށް، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ދެއްކި މައްސަލައިގެ ތަހުޤީޤް ނިންމައި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
އުމުރުން 51 އަހަރުގެ އެ މީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެ މައްސަލަ އާއި ގުޅިގެން މެއި 20 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު މައުލޫމާތު ފުލުހުން އާންމުނުކުރެއެވެ.