04 Jul 2012, 15:17
މިއަދު ނެރުނު ފީފާ ރޭންކިންގައި އިނގިރޭސި ވިލާތް ހަތަރު ވަނަ އަށް ކުރިއަށް ޖެހި މަޝްހޫރު ބްރެޒިލް
11 ވަނަ އަށް ފަހަތަށް ޖެހިއްޖެ އެވެ.
އެއްް ދަރަޖައިގެ ކުރިއެރުމަކާއެކު ރާއްޖެ އަށް 164 ވަނަ ލިބޭއިރު ދުނިޔޭގެ ރޭންކިންގެ އެއްވަނާގައި ވަނި ވޯލްޑް ކަޕާއި ޔޫރީގެ އެންމެ ފަހުދެ ދެ ފަހަރުގެ ޗެމްޕިއަން ސްޕޭނެވެ. ދެ ވަނަ ޖަރުމަނަށް ލިބޭއިރު ތިން ވަނަ ލިބެނީ އުރުގުއާއީ އަށެވެ. ފަސް ވަނަ ލިބެނީ ޕޯޗުގަލް އަށެވެ. ހަ ވަނަ އިޓަލީ އަށް ލިބޭއިރު ހަތް ވަނާގައި ވަނީ އާޖެންޓީނާ އެވެ. ގަދަ 10ގައި ދެން ހިމެނެނީ ހޮލެންޑާއި ނުވަވަނާގައިވާ ކްރޮއޭޝިޔާ އާއި 10 ވަނާގައިވާ ޑެންމާކެވެ.
މި ފަހަރުގެ ރޭންކިންގައި އިގިރޭސިން ހަތަރު ވަނަ އަށް ކުރިއަށް ޖެހުނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކުގަ އެވެ. ބްރެޒިލް ހަ ދަރަޖަ ފަހަތަށް ދިޔައިރު ޕޯޗުގަލް ފަސް ދަރަޖަ އަދި އިޓަލީ ހަ ދަރަޖަ ވަނީ ކުރިއަށް ޖެހިލައިފަ އެވެ. ހޮލެންޑް ހަތަރު ދަރަޖަ ފަހަތަށް ޖެހުނު އިރު ޑެންމާކާއި ކްރޮއޭޝިޔާ ވަނީ އެއް ދަރަޖަ ފަހަތަށް ޖެހިފަ އެވެ.